މޫސުން ގޯސްވުމާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށާއި، މޫސުން ރަނގަޅުވަންދެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ހާލަތްތަކުގައި، ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފަހު ދަތުރު ފެށުމަށް ވަނީ އެދިފަ އެވެ.
މެޓް އޮފީހުން ވަނީ މާދަމާ ހެނދުނު 9 ގެ ނިޔަލަށް ހއ އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.








