ބ. ހިތާދޫ އިރުމަތީ އަވަށަށް، ”އީދު އިމުގެ ތެރޭގައި“ ފާހަކުރުމުގެ އެވޯޑް ލިބިއްޖެ އެވެ.
ޖަމިއްޔަތުން ސަލަފުން ދޭ މި އެވޯޑް، ހިތާދޫ ކައުންސިލު ހިމެނޭ ގޮތަށް ޖުމްލަ 11 ފަރާތަކަށް ލިބިފައިވެ އެވެ.
”ޢީދު އިމުގެ ތެރޭގައި“ މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ އެވޯޑަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ. އެގޮތުން މިއީ އެވޯޑް ދޭން ފެށިތާ ދެވަނަ އަހަރެވެ.
ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކޮށްގެން އިނާމު ލިބުނު ފަރާތްތައް:
– އދ. މާމިގިލި ކައުންސިލް
– ލ. މާވަށް ކައުންސިލް
– ޖަމްޢިއްޔަތުލް ޤަލަމް ( އދ.ދަނގެތި)
– ޖަމްޢިއްޔަތު ރިސާލާ (ހދ.ނޮޅިވަރަން)
– އަލްބައްޔިނާ ( އދ.މަހިބަދޫ)
– އއ. ހިމަންދޫ ކައުންސިލް
– ރ. ކިނޮޅަސް ކައުންސިލް
– މ. ދިއްގަރު ކައުންސިލް
– މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ އާއި މަރަދޫ އަވަށު އޮފީސް
– އަލްމާނާރު ޖަމިއްޔާ އަދި ފޭދޫ އަވަށު އޮފީސް
– ބ. ހިތާދޫ އިރުމަތީ އަވަށް
ސަލަފް ޖަމިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އެވެ.
އެ ޖަމިއްޔާ އިން ބުނީ “ޢީދު އިމުގެ ތެރޭގައި” އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށްވެގެންދާ ކަމަށެވެ.







