ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި

large_158253088054sNVR.jpg

ރާއްޖޭގައި ހިމަބިހި ފެތުރޭތީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، އެމްއާރް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފިޔަވަހި ތަކަކަށް ބަހައިލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށާއި ވެކްސިން ފުރިހަމަނުކޮށް ތިބި 18 އަހަރުން ދަށުގެ ކުދިންނަށެވެ.

‏މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖޭން 22 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހީން ކަމަށް، އެ އިދާރާއިން މައުލޫމާތު ދެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ހިމަބިހި ޖެހޭ މިންވަރު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ގާތްގަނޑަކަށް ތިން ޓަނުގެ ސިއްހީ ސާމާނު ހަދިޔާ ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top