ނައިބު ރައީސް ކިހާދޫއަށް ވަޑައިގެންފި

b_6gG45YC02hq6EeJgwf68p9RdO.jpg

ނައިބު ރައީސް ކިހާދޫއަށް ވަޑައިގަތުން -ފޮޓޯ :ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެގެ ވަގުތެއްގައި ބ.ކިހާދޫއަށް ވަޑައިގެންފި އެވެ.

ނައިބު ރައީސްއާއެކު އެ ދަތުރުފުޅުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެ ވަޑައިގަންނެވި އެވެ.

ކިހާދޫއަށް ވަޑައިގެން އެރަށުގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި ހިނގަމުން އަންނަ މަސައްކަތްތައް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.

އެއަށްފަހު އެތަނުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ވެސް އޮޅުންފިލުއްވެވި ކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެ އެވެ.

ޓިވެކްގެ އިތުރުން ކިހާދޫ ސްކޫލަށާއި އެރަށުގެ ސިއްހީ މަރުކަޒަށް ވެސް ވަޑައިގެން އެތަނުގެ މަސައްކަތްތައް ހިނގާގޮތްވެސް ބައްލަވައިލެއްވިއެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، “ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު”  ހުޅުވާފައިވަނީ މިދިޔަ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. މިސެންޓަރު ހިންގަމުން ގެންދަނީ ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން އެއްވެސް ކުއްޖެއްގެ އަތުން އެއްވެސް ފީއެއް ނެގުމަކާނުލައި ހުރިހާ ކަމެއް ހިލޭކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top