ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް

big_ERUu3Mhgah9a9MUMeVp7ZgPJM.jpeg

ބ.އޮޅުގިރި---ފޮޓޯ: އަވަސް

ރަށު ކައުންސިލްތަކާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

ފަޅުރަށްރަށާ ބެހޭ ގާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ އަދި އެފަރާތް ފަރާތުން ވަކިކުރެވޭނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަށެވެ.

ގާނޫނުގައި މީގެކުރިން އޮތީ ކުއްޔަށް ދޭ ފަރާތާއެކު އެގްރީމަންޓު ހަދަން ވާނީ ފިޝަރީޒް މިނިސްޓްރީއާއި އެކުގައި ކަމަށެވެ. ނަމަވެސް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކުއްޔަށް ދޭ ފަޅު ރަށެއްގެ އެގްރީމަންޓު ހަދަން ވާނީ “ފިޝަރީޒް މިނިސްޓްރީ އާއި ނުވަތަ އެ ކައުންސިލަކާއެކު” ކަމަށެވެ.

އަދި އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި ކުއްޔަށް ދިނުމާއި އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް މި ގާނޫނު ހުރަހެއް ނާޅަ އެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ލިޔެދޭ ރަށްރަށާއި އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށުގެ އިތުރުން އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ފަޅުރަށްރަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށްރަށުގެ އިހުތިސާސް ކަނޑައެޅި، އޭގެ ތެރޭގައި ހިމެނޭ ފަޅުރަށްރަށުން ނަފާ ހޯދުމުގެ ބާރުވެސް ކައުންސިލްތަަކަށް ގާނޫނުން ލިބިދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top