ކައުންސިލް ތަކުން ނަގާ ލޯނަށް ދައުލަތުން ގެރެންޓީ ދެވޭ ގޮތް ހަދައިފި

duiCjyjQ3pNSXKuSCaWDPHLILthMDfHrCCypooqB.webp

ކައުންސިލް ތަކުން ނަގާ ލޯނުތަކަށް ވެސް ދައުލަތުގެ ގެރެންޓީ ދެވޭ ގޮތަށް، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު އެކުލަވާލައިފި އެވެ.

މިހާރު ނެރެފައިވާ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު ގައިވާ ގޮތުން މި ގަވާއިދުގެ މަގުސަދަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ ނިޒާމު ކަނޑައެޅުމެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ދެން ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކެވެ. އޭގެ އިތުރުން ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށްވެސް ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނެ އެވެ.

ގެރެންޓީ ދޫކުރެވޭނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަޝްރޫތައް ހިންގުމަށާއި ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށެވެ. އޭގެ އިތުރުން ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި އިސްކަން ދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއުތައް ހިންގުމަށާއި މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތައް ކުރުމަށް ގެރެންޓީ ދޫކުރެވޭނެ އެވެ.

ދައުލަތުން ގެރެންޓީ ދޭ ފަރާތްތަކުގެ ތެރޭގައި ކައުންސިލްތައް ހިމަނާފައިވާއިރު، ކައުންސިލުތައް ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރުމާއި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލު ތަކަށް ދޫކުރުން ހިމެނެއެވެ.

މީގެއިތުރުން ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި 5 މިލިއަން ރުފިޔާއަށް ވުރެ އަގުދަށް މަޝްރޫއުތައް ކައުންސިލުން އަމިއްލައަށް ހިންގުމުގެ އިހްތިޔާރުވެސް ވަނީ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top