ސަލްސާ އާމިރުގެ ޝުކުރު އޭދަފުށީ ރައްޔިތުންނަށް

DSC0115-1024x681-1-800x460-800x460-1.jpg

ސަލްސާރީޓްރީޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީ އިބްރާހީމް އާމިރުއާއި އޭނާގެ ބައްޕަ އަބްދުލްޣަނީ

ސަލްސާބްރޭންޑްގެ އާ ރެސްޓޯރެންޓް، ސަލްސާ ރީޓްރީޓް އޭދަފުށީގައި ރަސްމީކޮށް ހުުޅުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިވެންޓްތައް ވަރަށް ފުރިހަމަކަމަށާއި މިކަން މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނީ ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމުގައި ވިދާޅުވަމުން އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމުގައި ސަލްސާގެ އެމްޑީ އިބްރާހީމް އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު ވިދާޅުވީ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް މާލެއިން ވަޑައިގެންނެވި ބޭފުޅުންގެ އެކޮމަޑޭޝަން އާއި އެބޭފުޅުންނަށް މެހްމަންދާރީ އަދާކުރުމުގައި މުޅި ރައްޔިތުން ބައިވެރިވެފައިވަނީ އެއް ރޫހެއްގައި ކަމަށް ވާތީ އެކަން އެބޭފުޅުންވެސް ފާހަގަ ކުރެއްވި ކަމުގައެވެ.

” އެބޭފުޅުންވެސް ވިދާޅުވި. ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރޭ.  ވަރަށް އުފަލުންނޭ  އޭދަފުށީން ވަކިވެގެން މިދަނީ . ” އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ސަލްސާ ރީޓްރީޓް ގެ މަސައްކަތް ފެށުނީއްސުރެ ނިމެންދެން މި ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކުންނާއި އަމިއްލަ ޖަމިއްޔާ ތަކާއި ވަކިވަކި ފަރުދުންގެ ފަރާތުންވެސް ހީކުރިވަރަށް ވުރެވެސް ބޮޑު ތަރުހީބަކާއި އެހީތެރިކަން ލިބިގެންދިޔަ  ކަމުގައެވެ.

” ވަކި ޚާއްސަ ފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ ނަން ފާހަގަކުރުމަކީ އެހެން ފަރާތްތަކަށް ކުރެވޭ ބޭ އިންސާފަކަށް ވެދާނެތީވެ އެގޮތުން އިޖްމާލީ ގޮތެއްގައި ހަމަ ހުރިހާ ފަރާތެއްވެސް ޝަާމިލް ކުރަން. ” ”

ސަލްސާ ރީޓްރީޓް ހުޅުވުމުގެ ގޮތުން ބޭއްވި އެންމެ މުހިއްމު އިވެންޓަކީ މޯލްޑިވްސް ވެޓެރަންސް ސޮކަރ މޭޓް ގެ ފުޓްބޯޅަ ޓީމަކާއި އޭދަފުށީ ވެޓެރަންސް ފުޓްބޯޅަ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅުމެވެ. މި މެޗް އިއްޔެ ހަވީރު އޭދަފުށީގައި ކުޅެފައިވާއިރު މި މެޗުގައި ބައިވެރި ވުމަށް ގިނައަދަދެއްގެ ކުޜީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވަނީ ކުޅެފައެވެ. އޭގެ ތެރޭގައި  ކުޑަމޫސަ އާއި  މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ބިންމާ އަބްދުﷲ ވަހީދާއި އަސްލަމް އަބްދުއްރަހީމާއި އަލީ ސުޒޭންގެ އިތުރުން ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި ވިކްޓަރީ އަށް ގައުމީ ތަށި ދެވަނަ ފަހަރަށް މިލްކުކޮށްދިން ކެޕްޓަން އިސްމާއިލް އަނިލް ހިމެނެ އެވެ. މިމެޗު 2-1 ން ކާމިޔާބުކުރީ ސޮކަރމޭޓް އެވެ.

މި މެޗު ޝަރަފްވެރިކޮށްދެއްވީ ސޮކާ މޭޓްސްގެ ރައީސް އަދި ނިއުރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ސަލްސާ އިންވެސްޓްމަންޓްގެ އެމްޑީ އިބްރާހިމް އާމިރުގެ ބައްޕަ އަދި އޭދަފުށީ ފުޓްބޯޅަ ޓީމަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލްޣަނީ މުހައްމަދާއި އޭދަފުށީ ޓީމުގެ ކުރީގެ ގޯލް ދިފާއު ކުރި އަބްދުލްރައްޒާގު މުހައްމަދު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top