ބ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ވައިޓް އެލާޓް!

IMG_20200530_175923266.jpg

މޫސުން ގޯސްވުމުގެ ސަބަބުން ބ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.

އެއިދާރާއިން މިއަދު 15:00އާ ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓްއޮފީހުން ލަފާ ކުރައްވައެވެ. ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މެޓް އޮފީހުން ހާމަ ކުރެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާ ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުރާއްޖެ ތެރޭގައި ގަފަވެފައި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވުމާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މެޓް އޮފީހުން ހާމަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top