އޭދަފުށީގައި ގާއިމްކުރި ރީޖަނަލް ކޮވިޑްސެންޓަރު ހުޅުވައިފި.

ޗޮވިދް.jpg

ފޮޓޯ :އީވީ

ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކޮވިޑް ސެންޓަރުތަކުގެ ތެރެއިން ނ ރ ބ އަދި ޅ އަތޮޅަށް ޚާއްސަކޮށްގެން އޭދަފުށިގައި ގާއިމް ކޮށްފައިވާ ރީޖަނަލް ކޮވިޑް ސެންޓަރު ރޭ ހުޅުވައިފި އެވެ.

އޭދަފުށީގައި ގާއިމް ކޮށްފައިވާ މި ސެންޓަރާއެކު ށ. ފުނަދޫގައި ގާއިމް ކޮށްފައިވާ ސެންޓަރުވެސް ރޭ ވަނީ ހުޅުވާފައެވެ.

މި ދެ ސެންޓަރުވެސް ވާޗުއަލްކޮށް ހުޅުވައިދެއްވީ މިކަމަށް ޚާއްސަކޮށްގެން ރޭ ބޭއްވީ ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

20 އައިސީޔޫ ބެޑާއެކު 37 އައިސޮލޭޝަން އެދުގެ ކެޕޭސިޓީއާއެކު އޭދަފުށީގައި ހުޅުވި ރީޖަނަލް ކޮވިޑް ސެންޓަރު، ކޮވިޑަށް ފަރުވާ ދެވޭ ގޮތަށް ތައްޔާރީ ހާލަތުގައި ހުރި ނަމަވެސް މި ތަންތަނުގައި ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދޭނީ ގިނަ އަދަދަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ފަދަ ހާލަތެއް ގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ މިހާރު ބަލި ޖެހެމުންދާ މީހުންގެ ނިސްބަތަށް ބަލާނަމަ އަތޮޅު ތެރެއިން ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންނާނީ މާލެއަށެވެ.

އޭދަފުށީގެ ކޮވިޑް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލުގެ މެޑިކަލް އިންޗާޖް ޑރ. ސޯލިހު މުހައްމަދު ވިދާޅުވީ ކޮވިޑް ސެންޓަަރެއް ގާއިމް ކުރެވިފައި ވިޔަސް އޭގެ މާނައަކީ ކޮވިޑަށް ޓެސްޓްކުރަން ބޭނުން ކޮންމެ މީހަކަށް އެކަން ކުރެވޭގޮތް ވުން ނޫން ކަމަށެވެ.

“އަޅުގަނޑު ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ބޭނުންވޭ ޓެސްޓް ކުރެވޭނީ ކިހިނެއްކަން. ކޮވިޑަށް ޓެސްޓެއް ނުކުރެވޭނެ އެކަމަށް ބޭނުން ވެގެން އެމީހަކު ބުނާ ބުނުމަކަށް. ކޮވިޑް ޓެސްޓް ކުރެވޭނީ މި ސެންޓަރުން ޚިދުމަތްދޭން ކަނޑައަޅާފައިވާ ނ. ރ. ބ ޅ. މިއިން އަތޮޅެއްގައި ޝައްކު ކުރެވޭ ވަރަށް އެމީހާގެ ފަރާތުން އަލާމާތްތައް ފެނިފައި އަޅުގަނޑުމެންނަށް ވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ނުވަތަ އަޅުގަނޑުމެންގެ ހުރި ޝައްކެއް ފިލުވާލަން ބޭނުންވާ ނަމަ އަޅުގަނޑުމެން ކޮވިޑް ޓެސްޓް މިހަދަނީ. “ޑރ.ސޯލިހު ވިދާޅުވިއެވެ.

ޑރ.ސޯލިހު ވިދާޅުވީ އެއީ އެއީ އެއް ކެޓެގަރީ ކަމުގައެވެ. އަނެއް ކެޓަގަރީއަކީ މާލެއިން އައިސް ހޯމް ކަރަންޓީނުގައި ތިބޭމީހުން ކަރަންޓީނު ނިމިގެން ހަދާ ޓެސްޓް ތައް ކަމަށެވެ. ކޮވިޑް ޓެސްޓް ކުރަން ބޭނުންވާ ކޮންމެ މީހަކަށް މެޑިކަލް ޓެސްޓް މިހަދާ ގޮތަށް ހަދާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުއްޓޢި ށ.ފުނަދޫގެ އިތުރުން ލ. ގަމާއި ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ގައި ވެސް ކޯވިޑް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަންނަ ހަފްތާގައި ލ. ގަން އަދި ގއ. ވިލިނގިލީ އަދި އައްޑޫ ސިޓީ ހިތަދޫގެ ފެސިލިޓީތައް ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top