އޭދަފުށީ ޓީމް ޕްރެކްޓިސް ފަށައިފި

14117782_1112465648835647_1618984457638265032_n.jpg

އޭދަފުށީ ޓީމް،ޕްރެކްޓިސްގައި . ފޮޓޯ : އޭދަފުށި ފުޓްބޯލް ޓީމް ފޭސްބުކްޕޭޖް

މިނިވަން 50 ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ އޭދަފުށީ ޓީމް، ޓީމް އެކުލަވާލުމަށްފަހު މިވަގުތު އޭދަފުށީގައި ތިބި ކުޅުންތެރިންނާއެކު އިއްޔެ ޕްރެކްޓިސްކުރަން ފަށައިފިއެވެ.

މި މުބާރާތުގެ ޒޯން ބުރަށް ކޮލިފައިވެފައިވާ އޭދަފުށިން ޓީމް އެކުލަވާލިއިރު ޓީމުގައި މިދިޔަ އަހަރު ހިމެނުނު މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ގޮއިދޫ ޓީމުގެ ހަސަން ސުޖާއު އާއި އާދަމް ނިޒާމު(ކިތުނާ ) އާއި އިބްރާހީމް މާޖިދު މިފަހަރުވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ފުޓްބޯޅައިގާ މިދިޔަ އަހަރު އޭދަފުށީ ދަނޑުން އެންމެ ފާހަގަކުރެވުނު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަބްދުﷲ ޒީޔަޒަން އާއި އަހްމަދު ހުމައިދުވެސް ޓީމް ގައި ހިމަނާފައި ވެއެވެ.

ޖުމްލަކޮށްބަލާއިރު މިއަހަރުގެ ޓީމް ވަރަށް ޒުވާންވެފައި ވަރުގަދަވާނެކަމަށް ބެލެވޭއިރު މި ޓީމަކީ ވަރުގަދަ ޒުވާން ކުޅުންތެރިން ތަކެއް ހިމެނޭ ޓީމެއްގެ ގޮތުގައި ބެލެވިދާނެއެވެ.

މިދިޔަ އަހަރުގެ މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި އޭދަފުށި އައިސްފައިވަނީ ތިން ވަނައަށެވެ. ޓީމް ސެމީ ފައިނަލުގައި ބަލިވެފައިވަނީ ފަރެސްމާތޮޑާއަތުން 2-4ގެ ތަފާތުންނެވެ.

ޒޯން ބުރުގެ އޭދަފުށި ކުޅޭ މެޗް ޝެޑިއުލް

ރ. އަތޮޅު ޗެމްޕިއަން – އޭދަފުށި، ސެޕްޓެމްބަރ 13

އޭދަފުށި – ޅ. އަތޮޅު ޗެމްޕިއަން، ސެޕްޓެމްބަރ 16

ޅ. އަތޮޅު ޗެމްޕިއަން – އޭދަފުށި، ސެޕްޓެމްބަރ 25

އޭދަފުށި – ރ. އަތޮޅު ޗެމްޕިއަން، ސެޕްޓެމްބަރ 28

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top