ފޭކު ވެކްސިންކާޑު ވިއްކި މައްސަލައެއް ބަލަނީ

vaccine-card-covid-e1614188492579.jpg

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތެރެއިން ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިމައްސަލަ އާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ނުކޮށް ފުލުހުން ހަމައެކަނީ ބުނީ ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭގެ ތެރެއިން ފޭކް ވެކްސިން ކާޑުތަކެއް ވިއްކި މައްސަލައެއް މީގެކުރިން ފެންމަތިވިއެވެ. އެހެންކަމުން ފުލުހުން ބަލަމުން ގެންދަނީ އެމައްސަލަ ކަމެއް ނުވަތަ އަލަށް ފެންމަތިވެފައިވާ މައްސަލައެއް ކަމެއް ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ތުހުމަތު ކޮށްފައި ވަނީ 3000 ރުފިޔާގެ މަގުން 50 އަށްވުރެ ގިނަ ފޭކު ވެކްސިން ކާޑު ހަދާފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ އެޗްޕީއޭގެ އޮންލައިން ޕޯޓަލް އިން ވެސް އެމީހަކު ވެކްސިން ޖަހާފައި ހުރި ކަމަށް ދައްކާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އެޗްޕީއޭގެ އިސް މަގާމެއްގައި ހުންނެވި ފަރާތަކާއި ދެކޮޅަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top