ތިން އާއިލާއަކަށް ބީއެމްއެލް އިން ގެއަޅައިދެނީ

large_158338657028uOCr.jpg

ބޭންކް އޮފް މޯލްޑިވްސް --ފޮޓޯ :ބީއެމްއެލް

ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގެ ގޮތުން އެފަދަ ތިން ފަރާތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިލޭ އެހީގެ ދަށުން ގެ އަޅައިދޭން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ މި ހިލޭ އެހީގެ ދަށުން ތިން އާއިލާއެއް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނުމުގެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިއީ  އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށް ވެސް ބީއެމްއެލް މައުލޫމާތު ދެއެވެ.

”މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ނޮމިނޭޓްކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު މިވަނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލެވިފައި،” ބީއެމްއެލް އިން މިއަދު ބުންޏެވެ.

މި ހަރަކާތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ “އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނައުމުގެ ފުރުސަތު ހޯދައިދިނުން.” ކަމަށެވެ.

ހައުސިންގ ގްރާންޓް އަށް 31 މާރިޗު 2022 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top