މަހަކު 20,000 ރުފިޔާއަށް ވުރެ ގިނައިން ލިބޭ ޕްރޮގްރާމެއްގައި ބައިވެރިވާން ބޭނުންތަ؟

big_Ryt6s5eCrS8GPeQVbPys29z9u.jpeg

އެފުރުސަތު ހުޅުވާލާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

މަހަކު 20800 ރުފިޔާ ލިބޭ އެމްއެމްއޭގެ ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮގްރާމް 2022 ގައި ބައިވެރިވުމުގެ ފުރުސަތު އެއޮތޯރިޓީން ހުޅުވައިލީ މި މަހުގެ 24 ގައެވެ.

އެމްއެމްއޭއިން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދާނީ މި އަހަރުގެ މެއިމަހުގެ 08 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ފުލްޓައިމްކޮށް އަދި އެމްއެމްއޭއަށް ހާޒިރުވެގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ނިންމުމަށްފަހު 3 އަހަރު ވަންދެން އެމްއެމްއޭއަށް ޚިދުމަތް ކުރަންޖެހޭނެއެވެ.

ޕްރޮގްރާމް ފުރިހަމަކުރާ މުއްދަތުގައި ކޮންމެ ބައިވެރިޔަކަށް މަހަކު 20،800 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތަކީ ކޮމްޕިއުޓަރ ސައިންސް, މެތަމެޓިކްސް, ސްޓެޓިސްޓިކްސް, އިކޮނޮމިކްސް, ބޭންކިންގ, އެކައުންޓިންގ ދާއިރާއިން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި މާސްޓާރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ.

މި ޕްރޮގްރާމްއަށް ބައިވެރިން ހޮވުމުގައި ކޮމްޕިއުޓަރ ސައިންސް, މެތަމެޓިކްސް ނުވަތަ ސްޓެޓިސްޓިކްސްއިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އަންނަ މާޗްމަހުގެ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top