ރައީސް ސޯލިހު، އަލުން ވެރިކަމާ ހަވާލުވެވަޑައިގެންފި

big_fXY2ZZTCNFDQWqnWTmr9GbjK2.jpeg

ރައީސް ސޯލިހް: ޔޫކްރެއިންގައި ތިބި ދަރިވަރުން ގެންނަން ރައީސް ވަނީ އަންގަވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު  ހަވާލުވެވަޑައިގެންފިއެވެ.

ރައީސް އޮފހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

ސާޖަރީއަށްފަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާޖަރީ ނިމިފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މިވަގުތު އޮންނެވީ ރިކަވަރީގައި ކަމަށާއި ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސް ސޯލިހް ސާޖަރީއެއް ކުރައްވާތީ މިއަދު ހެނދުނު 06:00 ގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top