ކެންދޫން ޑެންގޫ 20 ކޭސްފެނިއްޖެ. ހަމީހަކު އެޑްމިޓް.

DJI01548-1.jpg

ބ. ކެންދޫ

ޑެންގޫހުން ޖެހިގެން މިހާތަނަށް ބ. ކެންދޫން 20 މީހަކަށް ފަރުވާ ދެމުންއަންނަކަމަށާ، ހަމީހަކު އެޑްމިޓްކޮށްފައިވާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ކެންދޫން ޑެންގޫ ހުން ފެންނަންފެށީ މިމަހުގެ ކުރީކޮޅުއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިހާތަނަށް ވިއްސައްވުރެ ގިނަކޭސް ފެނިއްޖެކަމަށާ، ކެންދޫގައި ހުން ފެތުރޭ މިންވަރު އަދި ކޮންޓްރޯލް ނުވާކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ މީޑިޔާ ކޯޑިނޭޓަރ މުހައްމަދު ރަޝީދު އީވީއަށް ވިދާޅުވީ ހުންކޮންޓްރޯލް ކުރުމަށް ފޮގް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކަންކަން ހުރިގޮތުން ފޮގްގެ ބަދަލުގައި ބޭސް ސްޕްރޭ ކުރުމަށް ވިސްނަމުން އަންނަކަމަށެވެ.

”ކޮންޓްރޯލެއް ނުވޭ އަދި، އަޅުގަނޑުމެން މަޝްވަރާ ކުރަން އެބަ ސްޕްރޭ ކުރުމާމެދުވެސް. މިހާތަނަށް ވިއްސައްވުރެ ގިނަ ކޭސް ފެނިފައި ހުރީ. ވިހި މީހުންނަށް ފަރުވާ ދެވެމުން އެބަދޭ. އަދި ހަމީހަކު އެޑްމިޓް ކޮށްފަ އޮތީ” ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ކެންދޫގެ ކަންކަން އަތޮޅު ހޮސްޕިޓަލާ، ކެންދޫ ސިއްހީ މަރުކަޒާ ކަމާބެހޭ ފަރާތްތައް ގުޅިގެން ސީރިއަސްކޮށް ބަލަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ މިދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަމަށާ، އެހެންނޫންނަމަ ހުން ކޮންޓްރޯލް ކުރަން އުނދަގޫވާނެކަމަށެވެ.

”އާންމުން މަދިރިލޯޝަން ފަދަތަކެތި ހާކައިގެން އުޅުމާ، ގަޔަށްދޫ ހެދުން ލުންފަދަ ކަންކަން އަޅުގަނޑުމެން އަދި ކެންދޫ ކައުންސިލުންވެސް ކެނޑިނޭޅި މިދަނީ ރައްޔިތުންނަށް ހަނދާންކޮށްދެމުން.”

ބާރަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮތް ކެންދޫ ކައުންސިލުންބުނީ ހުން ކޮންޓްރޯލް ކުރުމަށް އަާންމުން ހޭލުންތެރިކުމުގެ މަސައްކަތް މިއަދުވެސް އެއިދާރާއިން ކުރަމުން އަންނަކަމަށެވެ.

ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމާ ދިމާކޮށް ބ. އަތޮޅުގެ ރަށްރަށުގައި ޑެންގޫހުން ފެތުރުމަކީ ވަރަށް އާންމުކަމެކެވެ. އެހެންނަމަވެސް މިރޯގާ ކެންދޫގައި މިހާބޮޑަށް ފެތުރުނު މިއީ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top