ދެވަނަޓާމް ފެށިއިރު ޓީޗަރުން ހަމައެއް ނުވި

DSCN0255.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު---އީވީ ފޮޓޯ

ޗުއްޓީއަށް ފަހު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން މިއަދު ފެށިއިރު ޓީޗަރުން ހަމަނުވުމުގެ މައްސަލަ އެސްކޫލަށް ދިމާވެއްޖެއެވެ.

މި މައްސަލަ ދިމާވެފައިވަނީ ޗުއްޓީއަށް ގޮސް ތިބި ބިދޭސީ ޓީޗަރުން އެނބުރި އަދިވެސް އާދެވޭ ގޮތް ނުވުމުން ކަމަށް މައުލޫމާތުލިބެއެވެ.

ބަންދަށްފަހު ރާއްޖޭގެ ސްކޫލްތައް ހުޅުވުނު އިރު، ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން ދުވާލަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 1000 އާ ކައިރި ކުރެ އެވެ.

ކޮވިޑާ ގުޅިގެން ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.

އެގޮތުން ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނިޓައިޒް ކުރަން ޖެހުމާ ސްކޫލުގައި ކިޔަވައިދޭ ދަންފަޅި އާންމު ހާލަތަށް ވުރެ ކުރު ވާން ޖެހޭނެކަމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top