ކުޑަރިކިލުގައި ހެސްކިޔާފައި ރޯގާ. ޑޮކްޓަރެއް ނެތް

IMG_20210206_125013000.jpg

ކުޑަރިކިލުގެ މަގެއް

ބ.ކުޑަރިކިލުގައި ހޮޑުލުމާ އެކު ބޭރަށް ހިންގުމުގެ ރޯގާއެއް ބާރަށް ފެތުރެމުން ދާއިރު އެރަށުގައި ޑޮކްޓަރެއް ނެތުމުގެ ޝަކުވާ ރައްޔިތުން ކުރަން ފަށައިފިއެވެ.

ކުޑަރިކިލުން ވާހަކަ ދެއްކި އަންހެނަކު އީވީއަށް މައުލޫމާތު ދެމުން ބުނީ ރަށުގައި ޑޮކްޓަރެއް ނެތްތާ މިހާރު ދިހަވަރަކަށް ދުވަސް ވެދާނެ ކަމަށެވެ.

“ތިރީހަކަށް މީހުން މިހާރުވެސް މިރޯގާ ޖެހިފައި އެބަތިބި. މީގެ އިތުރުން ކޮވިޑް ރޯގާ ވެސް މަޑުމަޑުން ދަނީ އިތުރު ވަމުން.” ނަނަން ޖެހުމަށް އުޒުރުވެރިވަމުން އެއަންހެންމީހާ އީވީ އަށް މައުލޫމާތު ދިނެވެ.

އޭނާ ބުނީ އިއްޔެ މާލެއިން އައިމީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ ކަރަންޓީނު ވެގެން ހުންނަނީ އާއިލާއާއެކު އެއްގެއެެއްގައި ކަމަށެވެ. ވަކިން އުޅުމުގެ ބަދަލުގައި ގައިދުރުކަމެއް ނެތި އެންމެން އެއްކޮށް އެއް ގެއެއްގައި އުޅުމަކީ ކޮވިޑް ފެތުރިގެން ހިނގައިދާނެ ކަމަކަށް ވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ކުޑަރިކިލު ކައުންސިލުގެ ރައީސް އަބްދުލް ހަންނާނު އައްބާސް ވިދާޅުވި ކަމަށް ބައެއް މީޑީއާއިން މައުލޫމާތު ދޭ ގޮތުގައި ވަގުތީ ޑޮކްޓަރަކު މާދަމާގެ ވަގުތެއްގައި ހަމަޖެހޭނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ކައުންސިލަށް މައުލޫމާތު ދީފައިވެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top