ބ. އަތޮޅު ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

big_baRMvntKryvFG0H5cw65acTs7.jpg

ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވާ ބ.ކުޑަރިކިލު-/ފޮޓޯ :މޯލްޑިވްސް ސްޓޭޒް

ބ. ކުޑަރިކިލު، ދޮންފަނު، ފެހެންދޫ އަދި ފުޅަދޫގެ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށއިގެން ކުރިއަށް ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މި ހަތަރު ރަށާއި އެކު ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްވެސް ފެނަކައާއި ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އީއައިއޭ ސާވޭގެ މައްސަލަތަކެއް ޖެހި އެ މަޝްރޫއު އަދި ނުފަށައެވެ.

މި ހަތަރު ރަށުގައި މިހާރު ކުރިއަށް ދަނީ އާރްއޯ އިމާރާތް އެޅުމުގެ މަސައްކަތްތައް ކަމަށް ފެނަކަ އިން ބުނެ އެވެ.

ރައީސް ސޯލިހުގެ ވެރިކަން ފެށިގެން އައި އިރު ބ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިފައިވަނީ އެންމެ އާބާދީ ބޮޑު ދެރަށް ކަމަށްވާ އޭދަފުއްޓާއި ތުޅާދޫގަ އެވެ.

ފެނާއި ނަރުދަމާގެ ނެތް ބާކީ 11 ރަށުގެ ތެރެއިން ދަރަވަންދޫގައި މިހާރު އަންނަނީ އެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާއިރު ހިތާދޫ ފެނާއި ނަރުދަމާގެ މަސައްކަތުގެ 95 އިންސައްތަ ވަނީ ނިމިފަ އެވެ. މީގެ އިތުރުން ކެންދޫ އާއި ކަމަދޫއާއި މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top