ފިޔާ، ބިސް، އަލުވީގެ އަގު ކޮންޓްރޯލް ކޮށްފި. އަގުބޮޑުކޮށް ވިއްކާނަަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ!

DSCN8031.jpg

ދިވެހިންގެ ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ފިޔާ، ބިސް، އަލުވީގެ އަގު ސަރުކާރުން ކޮންޓްރޯލް ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިހާރުވަނީ ދިވެހިރާއްޖޭގައި ފިޔާ، ބިސް، އަލުވި، އަދި ރީނދޫ މުގު ވިއްކޭނެ އެންމެ ބޮޑުއަގު ކަނޑައަޅައިފައެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު)ގެ ހަތް ވަނަ މާއްދާގެ (ހ) ގެ ދަށުން، މިވަގުތު އިގުތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމައި މިމަހުގެ ހަވަނަ ދުވަހުން ފެށިގެން، ބައެއް ބާވަތްތައް ވަކިވަކިން (ރީޓެއިލް) ކޮށް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އެކަން އާންމުކޮށް އަންގާ ކަމަށެވެ.

އެގޮތުގެ މަތީން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާއެވެ. ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ރުފިޔާއެވެ. އަދި ރީނދޫ މުގު ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 45 ރުފިޔާއެވެ.

ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑަށް މުދާ ވިއްކާާ ފަރާތްތައް ފުރަތަމަ ފަހަރު ގިނަވެގެން 100,000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާ ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދު ކުރުމަށް މިނިސްޓްރީން އަންގާނެކަމަށް ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަގުތައް ހަފުތާއަކު އެއްފަހަރު މުރާޖައާ ކުރާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އަވައްޓެރި ގައުމުތައް ލޮކް ޑައުންއަކަށް ދިއުމުން ރާއްޖެއަށް މުދާ ގެނެވޭ މަގުތައް މުޅިން ހެން ބަންދުވެފައިވާ އިރު ބާޒާރުގައި ބައެއް ތަކެތި ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. މިކަމުގެ ސަބަބުން ބައެއް ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ގޮސްފައިވާއިރު މިކަން ހައްލުކުރުމަށް ސަރުކާރު ހިއްސާވާ އެސްޓީއޯއިންވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top