ސުޕަރ ސްޕެޝަލިސްޓްކޭމްޕެއް ބ. އަތޮޅު ހޮސްޕިޓަލްގައި

14013_409788732508441_9162580292455146513_n.jpg

ބ.އަތޮޅު ހޮސްޕިޓަލް

މި މަހުގެ 23އާއި24 ގައި ބ. އަތޮޅު ހޮސްޕިޓަލުގައި ސުޕަރ ސްޕެޝަލިސްޓް ކޭމްޕްގެ ނަމުގައި ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ބަލި މީހުންނަށް ފަރުވާ ދެއްވަން ނިންމާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިިިއެވެ.

އެހޮސްޕިޓަލުން ޢާއްމު ކޮށްފައިވާ ބަޔާނެއްގައި ވާގޮތުން މި ކޭމްޕްގައި ފަރުވާ ދެއްވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ ހިތުގަ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރަކާ ކަށީގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެކެވެ. މި ކޭމްޕްގައި ހިމެނޭ ހިތުގެބަލިތަކާ ބެޙޭ ޚާއްސަ ޑޮކްޓރ ޑރ. އާނަންދަސޭނައި ފަރުވާ ދެއްވާނީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށެވެ. މީގެ ތެރޭގައި ހާޓްއެޓޭކާއި ލޭހޮޅިތަކުގެ ތަފާތު މައްސަލަތައް ދެނެގަނެ އެބަލިތަކަށްވެސް ފަރުވާ ކުރައްވާނެއެވެ.

ކޭމްޕްގައި ދެން ހިމެނޭ ކަށީގެ ބަލިތަކަށް ޚާއްސަ ޑރ. ސުނިލް ކިނީ ބައްލަވާނީ ކަށީގެ މައްސަލަތަކާއި ހުޅުހުޅު އަދި ހުޅުތަކާ ގުޅިފައިވާ ލިގަމެންޓްގެ މައްސަލަތަކެވެ. އޭގެ ތެރޭގައި އާތުރައިޓިސްއާއި ހުޅުހުޅުގައި ރިއްސުމާއި ބިންދައިގެން ދިއުމާއި ކަށި ފީވުމާއި އުނަގަނޑުގައި ރިއްސުންފަދަ ބަލިތަކަށް ފަރުވާ ދެއްވަން ހަމަޖެހިފައިވެއެވެ.

މި ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދެވުމަށާއި މައުލޫމާތު ސާފުކުރެއްވުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާ ގުޅުއްވުމަށް ހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.

މިއީ ހުސްނުވާ އާސަންދައިގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top