ހަދިޔާ ފޮށިގަނޑު މާލެއަށް ފޮނުވުން މަޑު ޖައްސާލަން އަންގައިފި

DSCN3341.jpg

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހު ނިޔަލަށް ރަށްރަށުން މާލެއަށް ހަދިޔާ ފޮށިގަނޑުތައް ފޮނުވުން ވަގުތީ ގޮތުން މަޑުޖައްސާާލުމަށް ލޮކްޑައުން ކޮމެޓީން ނިންމައިފި އެވެ.

ލޮކްޑައުން ކޮމެޓީން އެގޮތަށް ނިންމާފައިވާތީ ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކުގެ ރައީސުންނަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެކަން އަންގާފަ އެވެ.

އެލްޖީއޭއިން އިއްޔެ ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ، މިމަހުގެ 15 އިން 31 އާ ދެމެދުގެ ދުވަސްތަކަކީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް “ސަރޖް”އަށް ދާ ދުވަސްތައް ކަމަށް ލަފާކުރެވޭތީ، ރައްޔިތުންގެ ސިއްހީ ސަލާމަތްތެރިކަމަށްޓަކައި، އެ މުއްދަތުގެ ތެރޭގައި ރަށްރަށުން މާލެއަށް ހަދިޔާ ފޮށިގަނޑު (ކެއަރ ޕެކޭޖް) ފޮނުވުން ވަގުތީ 14 ދުވަހަށް މަޑުޖައްސާލުމަށް ލޮކްޑައުން ކޮމެޓީން ނިންމާފައިވާތީ ސިޓީ އަދި ރަށްރަށުގެ ޓާސްކްފޯސްތަކުން، ދަތުރުތަކުގެ ހުއްދަ ދީ ދަތުރުތަކުގެ ކަންކަން ވިލަރެސްކުރުމުގެ ތެރޭގައި މިކަމަށް ސަމާލުކަން ދިނުމަށެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާ ކުރާ ގޮތުން މިމަހުގެ ފަހު ދެ ހަފުތާއަކީ ކޮވިޑް-19 ފެތުރުމާއި ޕޮޒިޓިވްވާ މީހުން އިތުރުވެގެން ހިނގައިދާނެ ދުވަސްތަކެއް ކަމަށް ލަފާކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 904 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top