އޭދަފުށީގެ މަގުހެދުން އެމްޓީސީސީއާއި ހަވާލުކޮށްފި

DSCN9150.jpg

އޭދަފުށީ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ. ރިޔާސީ އިންތިޚާބަށްފަހު މަސައްކަތް ވަނީ މެދު ކެނޑިފައި - ފޮޓޯ : އީވީ

އޭދަފުށީގެ 17 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވަނިކޮށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

ރިޔާސީ އިންތިޚާބާ އެކު މެދުކަނޑާލާފައި އޮތުމަށްފަހު މަޖިލިސް ވޯޓާ ދިމާކޮށް އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސީއާއެކު ސޮއި ކުރީ މިއަދުއެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 17،785 ސްކުއާ މީޓަރުގެ ބޮޑެތި މަގުތައް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 19،184،857 ރުފިޔާއަށެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއަކީ ހިނގަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކޮށް މިއަހަރުގެ ބަޖެޓްގައި ވެސް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top