ފުޅަދޫ ސްކޫލްގެ ޓީޗަރަކު ކުއްލި ގޮތަކަށް މަރުވެއްޖެ!

ފުލހަދހޮޮ.jpg

ބ.ފުޅަދޫ --އީވީ ފޮޓޯ

ބ.ފުޅަދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީޗަރަކީ ބ. ފުޅަދޫ ސްކޫލުގައި ސައިންސް ކިޔަވައިދެމުން އަންނަ މަނޯޖްކުމާރް ކ. ވެލަޔުދަން އެެވެ. އޭނާ މަރުވީ އުނދަގޫތަކެއް ވެގެން ރަށު ސިއްހީ މަރުކަޒަށް ގެންގޮސްގެން އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެން މިއަދު މެންދުރު 12 ޖަހާކަންހާއިރުއެވެ.

އޭނާ މަރުވުމުން އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ފުޅަދޫ ސްކޫލްގައި މަސައްކަތްކުރަމުން އަންނަ ސައިންސް ޓީޗަރ، މަނޯޖްކުމާރު ނިޔާވުމާއި ގުޅިގެން ހިތާމަކުރާ ކަމަށެވެ.

މަނޯޖްކުމާރަކީ ރާއްޖޭގައި 8 އަހަރު ދުވަހު ތައުލީމީ ދާއިރާގައި މަސަައްކަތްކޮށްފައިވާ ޓީޗަރެއް ކަމަށާއި، އަދި އޭނާ އަކީ ދަރިވަރުންނާއި، ބެލެނެވެރިންގެ އިތުރުން އެކުގައި މަސައްކަތްކުރާ ގިނަބައެއްގެ ލޯބި ލިބިފައިވާ މީހެއް ކަމަށް ތައުޒިޔާގެ މެސެޖުގައި ބުނެފައިވެއެވެ.

ޓީޗަރު މަނޯޖްކުމާރުގެ ހަށިގަނޑު މިހާރުވަނީ މާލެ ފޮނުވާލާފައެެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top