އަޑުފޮށި: މިސްކިތްތަކުގައި އެއާކޯން ނުޖައްސަނީ ކީއްވެގެންތޯ ؟

DSCN1354.jpg

އޭދަފުށި މަސްޖިދުލް މުޢީނުންދީނުއްޘާނީ --އީވީ .ފައިލް ފޮޓޯ

ނޯޓް: ”އަޑުފޮށި” މި ސެގްމަންޓަކީ އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލާފައިވާ ސަފްހާއެކެވެ. ބޭނުމަކީ ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ނަމަވެސް ކުރިއަށް ގެންދާ މަޝްރޫއަކާބެހޭ ގޮތުން ސާފު ކުރަން ބޭނުންވާ ކަންތައް ތަކެއް ހުންނާނެތީވެ އެކަންތައްތައް ސާފުކޮށްދިނުމެވެ. ރައްޔިތުންނާ ގުޅުން ހުރި، މަސްލަހަތު ފުށުނާރާ ކަމެއް ކަމުގައިވާނަމަ އެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒު ކުރެވިފައިވަނީ އޭދަފުށީ ކައުންސިލަށެވެ.

ސުވާލު: ކޮވިޑް އާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށް ފަހު ﷲގެ ހެޔޮ ރަޙްމަތްފުޅުން އޭދަފުށިން ކޮވިޑްގެ އަލާމާތެއް ނުފެންނާތީވެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އެގޮތުން މިހާރުވަނީ މިސްކިތްތައް ހުޅުވާލެވިފައެވެ. ސުވާލަކީ އަލުން މިސްކިތްތައް ހުޅުވާލުމަށް ފަހު އެއަރކޯން ނުޖައްސަނީ ކީއްވެގެން ތޯއެވެ.

ޖަވާބު : (ޖަވާބު ދެއްވީ އޭދަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަގާމް އަދާކުރައްވަމުން ގެންދަވާ މޫސާ ފާއިޒް)

މިސްކިތްތަކުގައި އެއަރކޯން އަދި ނުޖައްސަނީ މިސްކިތްތައް ހުޅުވާލުމަށް މިނިސްޓްރީއިން ހުއްދަ ދެއްވި އިރު ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައިވޭ. އެހެންވެ އެކަން ކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އެއަރކޯން ނުޖައްސަނީ. އިތުރު އެހެންކަމެއް އޮވެގެން ނޫން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top