މޮނިޓަރިން ހާލަތު ނެތް ރަށްރަށުގައި ހުރި ބީއެމްއެލްގެ ބްރާންޗްތަކުން ޚިދުމަތް ދޭން ފަށައިފި.

CznInS7XEAItC8c-800x450-800x450.jpg

ބީއެމްއެލް އޭދަފުށި ބްރާންޗް

މޮނިޓަރިންގ ހާލަތު ނެތް ރަށްރަށުގައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމް އެލް) ގެ ބްރާންޗް ތަކުން ޚިދުމަތް ދޭން ފަށާފައިވާކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ކުރި ޓުވީޓެއްގައި ވާގޮތުން މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޚިދުމަތް ލިބޭނެއެވެ. އެކަމަކު މިދުވަސްތަކުގައި ލިބޭނީ އޮންލައިންކޮށް އަދި އޭޓީއެމްތަކުން ނުލިބޭ ޚިދުމަތްތައް ކަމަށް ބޭންކުން ހާމަ ކުރިއެވެ.

ކޮވިޑް -19 އާގުޅިގެން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާ އެކު، ބީއެމްއެލްގެ ބްރާންޗް ތަކުން ޚިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭން ފަށާފައިވަނީ އޭޓީއެމް އާއި އޮންލައިން އިންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top