ނަސާރާ ދީން ފަތުރަން އުޅުނު ބިދޭސީ ދެ އަންހެނުން ހައްޔަރުކޮށްފި

YdmKOER4acF2qh3SPujAPRARKTOg9nIoUZUwQbo3.webp

ނަސާރާ ދީން ފަތުރަން އުޅުނު ޖަރުމަނު 2 އަންހެނުން ހައްޔަރުކޮށްގެން ގެންދަނީ

ހުޅުމާލޭ ހިޔާ ސަރަޙައްދުގައި ނަސާރާ ދީން ފަތުރަން އުޅުނު ޖަރުމަނު ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.

އިސްލާމް ދީނާ ޚިލާފު ބައެއް ތަކެތި ބަހާ ކަމަށް ބުނެ، ދެ ބިދޭސީ އަންހެނުންގެ ފޮޓޯ މިއަދު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ވަނީ ބައިބްލްގެ ދިވެހި ތަރުޖަމާއާއި އަދިވެސް އިސްލާމްދީނާ ހިލާފު ބައެއް ލިޔުންތަކާއި ވީޑިއޯތަކުގެ ލިންކްތައް ހިމެނޭ ބިޒްނަސް ކާޑުތަކެއް ބަހަމުންނެވެ.

ފުލުހުން މިއަދު ބުނީ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވި ޕޯސްޓުގައި ބުނެފައިވަނީ އެ ކާޑުތައް ބަހަން އުޅެފައިވަނީ އެމެރިކާއަށް ނިސްބަތްވާ ދެ އަންހެނުން ކަމަށެވެ. އެ މީހުން ހިޔާ ފުލެޓުގެ މެއިލްބޮކްސްތައް ކައިރީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top