ދަރަވަންދޫން މަސްތުވާ ތަކެތި ހޯދައިފި

DSCN7780.jpg

ދަރަވަންދޫ --އީވީ ފައިލް ފޮޓޯ

ބ.ދަރަވަންދޫ ޕެޓްރޯލް ޝެޑް ކައިރިން މަސްތުވާ ތަކެތި ހޯދައިފިއެވެ.

މި ތަކެތި ހޯދާފައިވަނީ ދަރަވަންދޫ ޕޮލިސް ޑެސްކާއި، ބ.ކެންދޫ ޕޮލިސް ޑެސްކާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި މި އޮކްޓޯބަރ 13 ވަނަ ދުވަހުއެވެ.

އެ އޮޕަރޭޝަނުގައި ދަރަވަންދޫ ޕެޓްރޯލް ޝެޑް ކައިރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓް (ކުޑަ) އަދި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މިމައްސލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top