ސޮނޭވާގެ “ގްލާސް ސޭލް ” މާދަމާ އޭދަފުށީގައި

DSC_92791-1024x682.jpg

ސޮނެވާފުށީ “ގްލާސް ބްލޮވިން” ސްޓޫޑިއޯގައި އުފައްދާފައިހުރި ބައެއް ތަކެތި – ފޮޓޯ / ސޮނެވާފުށި

ސޮނޭވާފުށްޓާއި ބ.އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން “ސޮނޭވާ ގްލާސް” ގެ ނަމުގައި ސޭލެއް ބާއްވަން އެރިސޯޓުން ނިންމައިފިއެވެ.

އޭދަފުށްޓާ ބައި ކިލޯމީޓަރެއްހައި ކައިރީގައި އޮންނަ ސޮނޭވާފުށީގެ ފަރާތުން މި ސޭލް ބާއްވަން ނިންމާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންގެ ހަރަކާތްތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

“ސޮނެވާ ގްލާސް” ސޭލްގައި ވިއްކުމަށް ހަމަޖެހިފައިވަނީ ބޭނުންކޮށްފައި ހުރި ބިއްލޫރިން  ތަފާތު ޑިޒައިންތަކަށް އެ ރިސޯޓުގެ ގްލާސް ސްޓޯޑިއޯ އިން އުފައްދާފައިވާ ރީތި އަދި އަގުހުރި އުފެއްދުންތަކެވެ.

ސޮނެވާފުށި ރިސޯޓުގެ ކޮމިޔުނިޓީ އެންގޭޖްމަންޓް މެނޭޖަރ އަހްމަދު މުއުމިން ވިދާޅުވީ ގްލާސް ސޭލުގައި އެތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ތައުލީމީ މަރުކަޒުގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ހަރަކާތްތަކަށް ކަމަށެވެ.

މިސޭލްގައި ގެއަކަށް ބޭނުންވާނެ ބިއްލޫރީގެ ހުރިހާ އެއްޗެއްވެސް ލިބެން ހުންނާނެކަމަށާއި އެކި ސައިޒްތަކުގެ ބިއްލޫރިތަށިވެސް ލިބެން ހުންނާނެކަމަށް މުއުމިން ވިދާޅުވިއެވެ.

މި ސޭލް އޮންނާނީ މާދަމާ ހަވީރު 4:00އިން 6:00 އަށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ.

ރާއްޖޭގައި އަލަށް ބިއްލޫރިން ތަކެތި ހެދުމުގެ މަސައްކަތް ކުރާ ސްޓޫޑިއޯ ސޮނެވާފުށި ރިސޯޓުގައި ހުޅުވީ 2015 ވަނަ އެވެ.

އެ ސްޓޫޑިއޯގައި ބިއްލޫރިން ތަކެތި އުފައްދަނީ އެ ރިސޯޓުގެ އިތުރުން ބ. އަތޮޅުގެ އެހެން ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުންނަ ބިއްލޫރީގެ ބާވަތްތައް ރިސައިކަލް ކޮށްގެންނެވެ. މި ސްޓޫޑިއޯގައި “ގްލާސް ބްލޮވިން”ގެ މަސައްކަތްތައް ގެސްޓުންނަށް ދައްކާލުމާއި އެމީހުންނަށް އޭގައި ބައިވެރިވެވޭގޮތަށް އޮންނަނީ ހަމަޖެހިފައެވެ. މީގެ އިތުރުން  ބޭރުގެ އާޓިސްޓުންނާއި ދިވެހި އާޓިސްޓުންގެ މަސައްކަތް ދައްކާލުމުގެ ގޮތުން ކުޑަ މައުރަޒެއްވެސް މި ސްޓޫޑިއޯގައި ކުރިއަށް ގެންދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top