ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފި

DSCN3062.jpg

އިއްޔެ ފެށުނު ހުޅަނގު މޫސުމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަޔަށް ވައިޖެހި ވިއްސާރަ ކުރާނެ ކަމުގައެވެ. އެގޮތުން އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވެސް ގަދަވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާއެއް ކުރިމަތިވެދާނީ ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުކުރުމުގއި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top