އޭދަފުށި ފެރީޓާމިނަލް އެޅުމުގެ މަސައްކަތް ފަށަނީ

އޭދަފުށީ ބަނދަރު ސަރަހައްދު

އޭދަފުށީ ބަނދަރު ސަރަހައްދު

އޭދަފުށީކައުންސިލްގެ ފަރާތުން އޭދަފުށީގައި ފެރީޓާމިނަލެއް އެޅުމުގެ ވާހަކަ ދެކެވެމުން އަންނަތާ އަހަރުތަކެއްގެ ފަހުން އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ތިން ފޭހަކަށް ބަހާލައިގެން ފެރީޓާމިނަލް އަޅަން ނިންމާފައިވާއިރު ފުރަތަމަ ފޭހުގައި ހިމެނޭ ކޮންކްރިޓްގެ މަސައްކަތް މިހާރުވަނީ އޭދަފުށީ އާރްޓެން އިންވެސްޓްމަންޓާ (އާރްޓީއައި ) ހަވާލުކޮށްފައެވެ.

އޭދަފުށީ ކައުންސިލްގައި މިއަދު މިކަމަށްއޮތް ރަސްމިއްޔާތުގައި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައ އާރްޓީއައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ ރިފާއު ޔޫސުފެވެ. އޭދަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބްރައީސް މުހައްމަދުނައުރީފެވެ.

21ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 99020ރ. އަށެވެ.

ކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވިގޮތުގައި ފެރީޓާމިނަލް އަޅަން ނިންމާފައިވާ 1000އަކަފޫޓްގެ އިމާރާތުގައި ހިމެނެނީ ދަތުރުވެރިން މަޑުކޮށްލުމަށް ތިބޭ ފެންޑާއަކާ ފިހާރައަކާ ދެޖިންސްގެ މީހުންބޭނުން ކުރުމަށް ދެ ފާޚާނާގެ އިތުރުން ގުދަނެކެވެ.

ރިޒާ ވިދާޅުވީ ފެރީޓާމިނަލްގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިނަމަވެސް ތިން ފިޔަވަހީގެ މަސައްކަތް މެދު ނުކެޑި ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމުގައެވެ.

ފެރީ ޓާމިނަލް އެޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ބަނދަރު ސަރަހައްދުގެ ހުޅަނގު އުތުރު ކަންމަތީގައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top