ކަރަންޓީނުގައި ހުރި ބިދޭސީއަކު އޭދަފުށިން ޕޮޒިޓިވް ވެއްޖެ!

EYD-AERIAL-1.jpg

އޭދަފުށި އޭރިއަލް ފޮޓޯ / އީވީ ފޮޓޯ: ޔާނިއު

މާލެއިން އޭދަފުއްޓަށް އައިސް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް -19 އަށް ޕޮޒިޓިވް ވެއްޖެއެެވެ.

އެޗްއީއޯސީ އިން ބުނީ އެމީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަ ކުރުމަށް ފަހު ދޫކޮށްލަން ހެދި ޓެސްޓުން ކަމަށެވެ.

އެކަމަކު، އެއީ ހައި ރިސްކް ކެޓަގަރީގެ މީހެއްނޫންކަމަށް އީވީއަށް މައުލޫމާތު ލިބެއެވެ.

މިއީ މިހާތަނަށް ކަރަންޓިނުގައި ހުއްޓާ އޭދަފުށިން ޕޮޒިޓިވް ވި 11 ވަނަ މީހާ އެވެ. އޭނާއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި 34 މީހަކު ވަނީ މަރުވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top