ރައީސަށް ދެންނެވީ ތުޅާދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވުމަށް – ކައުންސިލްގެ ރައީސް

101314_c1d20ef8-4_-1.jpg

ރައީސް ޔާމީން އަންގާރަ ދުުވަހު ތުޅާދުއަށް ވަޑައިގަތުމުން އެރަށު ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ރައްޔިތުންގެ އިހްސާސްތައް ރައީސަށް ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަންގާރަދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބ.ތުޅާދުއަށް ވަޑައިގަތުމުން ރައީސަށް ދެންނެވީ އެރަށުގައި އެއާޕޯޓެއް އެޅުމަށް ރައްޔިތުން އެދޭކަން ކަމުގައި ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަހްމަދު ރަޝީދު މިހެން ވިދާޅުވީ ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން އީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.  ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ވަކިން ބައްދަލުކުރުމުގެ ފުރުސަތު ނުލިބުނު ކަމަށާ، އެހެންކަމުން ރަށަށް ވަޑައިގެން އެމަނިކުފާނާ ސަލާން ކުރެއްވި ވަގުތު ރައްޔިތުންގެ ބޭނުން ދެންނެވުމުން އެކަމަށް ފެހި ސިގްނަލެއް ދެއްވިކަމަށެވެ.

“އަޅުގަނޑާ ސަލާންކުރި ވަގުތު ދެންނެވިން ރައީސްއޭ އަޅުގަނޑުމެންގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކޭ ތުޅާދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވުމަކީ. ދެން ވިދާޅުވީ “އިންޝާ ﷲ” އޭ. ރައީސް އެހެން ވިދާޅުވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެކަމަށް ދެއްވި ފެހި ސިގްނަލެއް” ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ކުރިން ތުޅާދޫގެ ރައްޔިތުން މިވަގުތު އެންމެ ބޭނުންވެފައިވާ ކަންކަމުގެ ލިސްޓެއް ފޮނުވުމަށް ރައީސް އޮފީހުން އެދުމުންވެސް ކައުންސިލުން ފޮނުވި ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ އެއާޕޯޓުގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ ތުޅާދޫކަހަލަ ތިލަ ފަޅެއް އޮތް ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ފަސޭހަކަމަކަށް ވާނެކަމަށާ، އެފަދަ ކަމެއް ސަރުކާރުން ކޮށްދެއްވައިފިނަމަ ރައްޔިތުން އެކަން އުފަލާއެކު ބަލައިގަންނާނެ އެވެ.

“ވަރަށް ތިލަ ބިޔަ ފަޅެއް ތުޅާދޫގައި މިއޮތީ. އެހެންވީމާ ހިއްކައިގެންވިޔަސް ވަރަށް ފަސޭހަވާނެ އެއާޕޯޓެއް އަޅަން. ކޮންމެހެން އިންޓަނޭޝަނަލް އެއާޕޯޓެއް ނޭޅުނަސް މައްސަލައެއް ނެތް ޑޮމެސްޓިކް އެއާޕޯޓެއްވިޔަސް. މިކަހަލަ ކަމެއް ކުރެވިއްޖެއްޔާ ރައްޔިތުން އެކަން ލޯތްބާއެކު ބަލައިގަންނާނެއޭ އަޅުގަނޑު ދަންނަވާނީ”

ރަޝީދު ވިދާޅުވީ މިވަގުތު އެރަށުގައި ކުރިޔަށްދާ ތުޅާދޫ ބަނދަރު ތަރައްގީ ކުރުމާއި، ފެނާއި، ނަރުދަމާގެ މަޝްރޫއަކީވެސް ތުޅާދުއަށް ނުހަނު ބޭނުންތެރި މަޝްރޫއުތަކެއް ކަމަށާ، ނަމަވެސް އެއާޕޯޓެއްގެ މުހިއްމުކަން މިހާރު ރައްޔިތުންނަށް އިހްސާސް ކުރެވެންފަށައިފިކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top