ފެނަކައިގެ މިދިޔަ އަހަރުގެ ފައިދާ، 35 މިލިޔަން ރުފިޔާ

big_rmkmjL23LsnLc7uwKQbzW4gVq.jpg

ފެނަކަ އެމްޑީ ، އަހުމަދު ސައީދު

އަސާސީ ޚިދުމަތްއެއްގެ ގޮތުގައި ރައްޔިރުންނަށް ފޯރުކޮށްދޭން ޖެހޭ ކަރަންޓާއި ނަރުދަމާއާއި ފެނުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ފެނަކަ ކޯޕްރޭޝަން އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 35 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަ ކޮށްފި އެވެ.

މިއީ ކުންފުނީގެ ތާރީޚުގައިވެސް މާލީ ގޮތުން ލިބުނު އެނެމް ބޮޑު ކާމިޔާބީކަން ފާހަގަ ކުރަމުން އެކުންފުނިން ބުނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަަދި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެ އަހަރު ތެރޭ ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރެވުމަކީ ހިންގުމުގެ ނިޒާމަށް ގެނައި ބަދަލުގެ ހަރުދަނާކަން ފެންނަ ކަމެއް ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން މިހާތަނަށް އެ ކުންފުނިން އަލަށް 49 އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 20 އިންޖީނުގޭގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށާއި ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވިފައިވާ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top