ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ،ސްޓާރސް، ލިޓްލް މެއިޑުންނާއި ގާލްގައިޑުން ހުވާކުރުމުގެ ރަސްމިއްޔާތު އެ ސްކޫލްގައި އިއްޔެ ހަވީރު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި 32 ސްޓަރ ކުދިންނާ، 34 ލިޓިލްމެއިޑުންގެ އިތުރުން 19 ގާރލް ގައިޑުން ހުވާކުރިއެވެ. މީގެ އިތުރުން 26 ސްޓަރ ކުދިންނާއި، ހަރަކާތުގައި އަލަށް ބައިވެރިވި ލިޓްލް މެއިޑުންނާއި، 19 ލިޓްލްމެއިޑުން، ގާރލް ގައިޑުންނަށް ވަނީ ބަދަލުކޮށްފައެވެ.
ދަރިވަރުންނަށް ފްލައިން ބެޖް ހަވާލުކޮށްދެއްވީ ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީޓީއޭގެ މެންބަރުންނާ، އެ މަރުކަޒުގެ މުސްކުޅި ދަރިވަރުންގެ އިތުރުން ގާރލްގައިޑް އެސޯސިއޭޝަންގެ ފަރާތުން މި ރަސްމިއްޔާތަށް ވަޑައިގެންނެވި ކަނބަލުންނެވެ.
ޖުމްލަ 87 ލިޓްލްމެއިޑުންނާ 50 ގާލްގައިޑުން ބެޖް ހާސިލު ކުރި މި ރަސްމިއްޔާތުގައި ގާރލްގައިޑް އާއި ލިޓްލް މެއިޑުންގެ އެކްޝަން ސޯންގް ކިޔުން އޮތެވެ.