ދަރިވަރުން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތަކަށް ހުއްދަ ހޯދަން އަންގައިފި

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

ދަރިވަރުން ބައިވެރިކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ހަރަކާތެއް ހިންގާނަމަ ހުއްދަ ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގަވައިފި އެވެ.

ސަރުކާރުގެ ހުރިހާ އިދާރާ އަކާއި ސިޓީ އަދި ލޯކަލް ކައުންސިލްތަކާއި ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް، ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ސޮއިކުރައްވައި އިއްޔެ ފޮނުއްވި ސާކިއުލާއެއްގައި ބުނީ ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަކީ ދުރާލައި، ރާވައިގެން ވަކި އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތަކަށް ހެދުމަށް ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކަލަންޑަރާ އެއްގޮތަށް އެކްޓިވިޓީ ކަލަންޑަރު ވެސް ތައްޔާރުކުރާ ކަމަށެވެ.

އެހެންވެ ދައުލަތުގެ އިދާރާތަކުން އިންތިޒާމުކުރާ ހަރަކާތެއްގައި ދަރިވަރުން ބައިވެރިކުރާ ނަމަ އެއީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި އޮންނަ ހަރަކާތަކަށް ވާން ޖެހޭނެ ކަމަށް ސާކިއުލާގައި ބުންޏެވެ.

އެގޮތުން އެއްވެސް ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް އެ ކަމެއް ކުރުމަށާއި ދައުލަތުގެ އިދާރާއަކުން ސްކޫލްތައް ބައިވެރިކޮށްގެން ހަރަކާތެއް ހިންގާ ނަމަ ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް ސާކިއުލާގައި އެދިފައިވެ އެވެ.

”މިފަދަ ހަރަކާތްތަކާ ގުޅޭގޮތުން ސްކޫލްތަކާ މުއާމަލާތް ކުރައްވަން ވާނީ މިނިސްޓްރީގެ ހުއްދަ ހޯއްދެވުމަށް ފަހު ކަމަށް ވެސް ދަންނަވަމެވެ“ އެޑިއުކޭޝަނުން ބުންޏެވެ.

ދަރިވަރުން ހަރަކާތްތަކުގައި ބައިވެރިވުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ކިޔެވުމަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ގޮތަކަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގޮތަށް އެންގީ ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައި ކަންކަން ނުހިމަނައި ނުވަތަ މިނިސްޓްރީއާ އެކު، އެކަށީގެންވާ ގޮތަކަށް މަޝްވަރާ ކުރުމެއް ނެތި ސްކޫލްތަކަށް ހުޅުވާލައިގެން އެކިއެކި ހަރަކާތްތަކާއި މުބާރާތްތައް ބައެއް އިދާރާތަކުން ރާވަމުން ގެންދާތީ ކަމަށެވެ. އެހެންވެ އެގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމުން ކުދިންގެ އުނގެނުމަށާއި ޓީޗަރުންނާއި ކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ކުއްލިއަކަށް ރާވާ ހަރަކާތްތަކާ ގުޅިގެން ސްކޫލްތަކާއި ބެލެނިވެރިންނަށް އެކަމަކީ މާލީ ބުރައަކަށްވެ، ނުތަނަވަސްކަން އުފެދޭ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top