ބ އަތޮޅު ތައުލިމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ޝާހިދާ

469825440_1099470381968855_3559961202906899834_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް އެސްކޫލްގެ ލީޑީންގ ޓީޗަރެއްގެ ގޮތުގައި ހުންނެވި ޝާހިދާ އަބްދުލްޤަފޫރު ހަމަޖައްސަވައިފި އެވެ.

ޓީޗިން ދާއިރާއިން ބެޗެލާ އޮފް އާޓްސް އިން އިންގްލިސް އޭސް އަ ފޮރިން ލޭންގުއޭޖް އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އިންގްލެންޑް އިން އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ހާސިލު ކުރައްވައިފައިވާ ޝާހިދާ މި މަގާމަށް ހަމަޖައްސަވާފައިވަނީ މިއަދު އެވެ.

ޝާހިދާ މި މަގާމަށް އައްޔަން ކުރުމާއި ގުޅިގެން ސްކޫލްގެ ފޭސްބުކް ޕޭޖްގައި ސްކޫލްގެ ފަރާތުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޝާހިދާ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ. މިވަގުތު އޭނާ އަންނަނީ އެ ސްކޫލުގެ އިނގިރޭސި ޓީޗަރެއްގެ އިތުރުން އެ ޑިޕާޓްމަންޓްގެ އެޗްއޯޑީގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top