ކްލައުޑްނައިން ޗޮކްލެޓް ކެއުން މަނާ !

cloud-9.jpg

ރާއްޖެއަށް އެތެރެކޮށް ވިއްކާ “ޖެކް އެންޑް ޖިލް” ކްލައުޑް ނައިން އޯވަލޯޑް ޗޮކްލެޓުން މަރުވެފައިވާ ސޫތްޕެއް ފެނިގެން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސޫފި ފެނިފައިވަނި ކްލައުޑް ނައިން އޯވަލޯޑް ޗޮކްލެޓްގެ ބެޗް ނަންމަރ BB EXP 15.05.2018 ގެ ބެޗުން ކަމުގައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިބެޗް ރީކޯލް ކުރުމަށް އެ އޮތޯރިޓީއިން ނިންމާފައިވަކަމަށް ނޫސްބަޔާނުގައި ވެއެވެ.

ހަމައެހެންމެ އެ ޕްރޮޑަކްޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަފާތު ބެޗްތަކުން ސާމްޕަލް ނަގާ އިތުރަށް ޗެކްކުރަމުން ދާކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.

އެހެންކަމުން މި ބެޗް ގެ ޗޮކްލެޓްތައް ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން އިލްތިމާސްކުރެއެވެ.

ފިހާރަތަކުގައި އެ ބެޗުގެ ޗޮކްލެޓު ހުރިނަމަ ރަސްމީ ގަޑީގައި އެ އިދާރާއަށް ރިޕޯޓުކުރަން ވެސް ވަނީ އަންގަވާފައެވެ. އެމްއެފްޑީއޭގެ ނަމްބަރަކީ 3014304 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top