ދަރިވަރުން ވެކްސިން ޖަހަން ތައްޔާރުވާން އަންގައިފި

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

ކޮވިޑް-19 އިން ރައްކާތެރިވުމަށް 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވެކްސިން ލިބުމާއެކު ލަސްތަކެއް ނުވެ އެޗްޕީއޭއާ ގުޅިގެން ވެކްސިން ޕްރޮގްރާމް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

މިކަމާ ބެހޭގޮތުން އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ވަނީ ވެކްސިން ޖެހުމަށް ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރަން އެދިފަ އެވެ. އެއާއެކު، އެ ސްކޫލެއްގައި ކިޔަވާ 12 އަހަރުން މަތީގެ ކުދިންގެ ލިސްޓު ފޮނުވުމަށް ވެސް އެ އެންގުމުގައި ވެ އެވެ.

ރާއްޖެއަށް ފައިޒާގެ ޝިޕްމެންޓެއް ލިބި، މި ފެށޭ ހަފުތާގައި އެ ވެކްސިން ޖަހަން އަލުން ފަށާނެ ކަމަށް އިއުލާން ކޮށްފައިވާ އިރު ސަރުކާރުން ނިންމާފައިވަނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދޭށެވެ.

ދިރާސީ އާ އަހަރު ފަށާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ޕްރޮގްރާމެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެެވެ. އަދި އަންނަ މަހުން ފެށިގެން ވެކްސިން ފުރިހަމަ ނުކުރާ މީހުން ސްކޫލުތަކަށް ވަނުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

“ދަރިވަރުންނަށްރައްކާތެރިކަން” ނަމުގައި އެޑިއުކޭޝަނުން ކުރިއަށް ގެންދާ ކެމްޕެއިނުން ދޭން ބޭނުންވާ މެސެޖަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމެވެ.

އެޗްއީއޯސީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުތަކަށް ގެންގޮސްގެން ކަމަށެވެ. ރަށްރަށުގައި މި ފަށާނީ މާލޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top