ގުނޫތު ކިއުން މަޑުޖައްސާލަން އަންގަވައިފި

DSCN2726.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން -އީވީ ފައިލް ފޮޓޯ

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާގުޅިގެން މިސްކިތްތަކުގައި ފަރުސު ނަމާދުތަކުގެ ޖަމާއަތުގައި ކިޔަމުން އައި ގުނޫތު ނާޒިލާ ކިއުން، މަޑުޖައްސާލަން އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

އެ މިނިސްޓްރީން މިއަދު ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުން ދިން އެއްބާރުލުމާއެކު ދައުލަތުން ގިނަ މަސައްކަތް ތަކެއް ކުރެއްވުމުގެ ސަބަބުން ކޮވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ވަނީ ގިނަ ލުއި ތަކެއް ދީފައި ކަމަށެވެ. އެހެންކަމުން ކޮވިޑް19 އާއި ގުޅިގެން ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން މޮނިޓަރިންގ ގައި ނެތް ރަށްރަށުގައި މިރޭގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލުމަށް ވަނީ އަންގަވާފައެވެ.

“އަދި ޖަމާއަތުގެ ނަމާދުތަކުގައި މިވަގުތަށް ގުނޫތު ކިޔުން ހުއްޓާލި ކަމަށް ވިޔަސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް ސުންނަތް ނަމާދު ގިނަކޮށް ކީރިތ ޤުރްއާން ކިޔަވައި އިސްތިޣްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރާ ވާހަކަ ދަންނަވަމެވެ. ” ސާކިއުލާގައި ބުނެފައިވެ އެވެ.

ހަމަ އެއާއެކު، މިސްކިތުގައާއި މިސްކިތުން ބޭރުގައި އުޅޭއިރުވެސް މާސްކު އެޅުއްވުމާށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމާއެކު ސަބަބު ތަކުގައިހިފައި ﷲއަށް ވަކީލުކޮށް އުޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރި ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top