ވެކްސިން އެންމެ ޑޯޒެއްވެސް ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ދިނުމުގައި ތަފާތުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ސެމްޕްޓެމްބަރު އެކަކުން ފެށިގެން ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ ފަރާތްތަކަށް އެޗްޕީއޭއިން ވަކޮގޮތެއް އަންގަންދެން އުސޫލުތަކެއް ހަރުަކަށި ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުމާއި ޖިމްތަކާއި ސެލޫން ތަކާއި ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުމާއި ރައްޔިތުންނާއި ގާތުން ދޭންޖެހޭ އާންމު ޚިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުންފަދަ )ވަކި ކަންކަމެއް ކުރުމަށް ޝަރުތު ކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ބުނީ އެކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި 1 ސެޕްޓެމްބަރު 2021 އިން ފެށިގެން އަމަލުކުރުމަށް އެފަރާތްތަކަށް އަންގާފައިވާކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 3 ވަނަ ނަންބަރުގެ ދަށުން، ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް ވެސް ވަނީ އަންގާފައެވެ.