ފުޓްސަލް ދަނޑު އަޅާ ސަރަހައްދު ބަދަލުކުރަން ނިންމައިފި

ފުޓްސަލް ދަނޑު އެޅުމަށް ކައުންސިލުން އިއްޔެ ނިންމި ބިމުގެ ސަރަހައްދުން ބަޔަކު ހިނގާފައި ދަނީ. އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ފުޓްސަލް ދަނޑު އެޅުމަށް ކައުންސިލުން އިއްޔެ ނިންމި ބިމުގެ ސަރަހައްދުން ބަޔަކު ހިނގާފައި ދަނީ. އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ސްޕޯޓްސް އެރީނާގެ ދަށުން އޭދަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑު އެޅުމަށް ކުރިން ހަމަޖެއްސި ބިމުގެ ބަދަލުގައި ހުކުރު މިސްކިތުގެ އުތުރުން އޮތް ކުރީގެ ބަށިކޯޓް ސަރަހައްދު ހަމަޖައްސަން ކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލް އިދާރާއިން އިއްޔެ ބޭއްވި މިއަހަރުގެ 16 ވަނަ ޖަލްސާގައި މިގޮތަށް ފާސްކުރީ ރައީސް އަލީ ވަހީދު ހުށައެޅުއްވި ހުށައެޅުމަކަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ފުޓްސަލް ދަނޑު އަޅަން ކުރިން ހަމަޖައްސައި މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްފައިވަނީ ކުރީގެ ހުޅަނގު އަންހެނުންގެ މިސްކިތް ސަރަހައްދެވެ. ނަމަވެސް ކައުންސިލުގެ ރައީސް އަލީ ވަހީދު ރޭ އީވީއަށް ވިދާޅުވީ ކަމާބެހޭ ލިޔެކިއުންތައް މިއަދު މިނިސްޓްރީއަށް ފޮނުވައި ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ހުކުރު މިސްކިތުގެ އުތުރުން އޮތް ބިމަށް ފުޓްސަލް ދަނޑު ބަދަލުކުރުމަށް ކައުންސިލަށް ހުށައެޅުއްވީ މިދިޔަ ހަފްތާއެއްހާދުވަހު ބައެއް ޒުވާނުންނާއެކު އަމިއްލަ ގޮތުން ކުރެވުނު މަޝްވަރާތަކަކަށްފަހު އެގޮތަކީ އެންމެފައިދާބޮޑު ގޮތްކަމަށް ދެކިގެންކަމަށެވެ. އޭނާ ވިދާޅުވީ ދުރު މުސްތަޤްބަލަށް ބަލާއިރު ފުޓްސަލް ދަނޑު ބޮޑު ކުރެވެން އޮތީ ބިން ބޮޑު ސަރަހައްދަކު ދަނޑު އަޅައިގެން ކަމަށެވެ.

“އަޅުގަނޑު ހިޔާލުހޯދާލި ވަރަށް ގިނަފަރާތްތައް މިކަން މިގޮތަށް ކުރަން ބޭނުންވޭ. ސަބަބަކީ މިސްކިތް އުތުރުން އޮތްބިމަކީ ފުޓްސަލް ދަނޑު އިތުރަށް ބޮޑުކުރަން ބެއްޔަސް އެންމެ އެކަށީގެންވާ ސަރަހައްދުކަމަށް ބެލެވޭތީ. އަނެއްކޮޅުން ދަނޑުގެ މިސްރާބުވެސް ބަރާބަރަށް ލިބޭތީ” އަލީ ވަހީދު ވިދާޅުވިއެވެ.

ސްޕޯޓްސް އެރީނާގެ ދަށުން އޭދަފުށީގައި އަޅާ ފުޓްސަލް ދަނޑު ސެޕްޓެމްބަރމަހުގެ ކުރިން ނިންމުމަށް ލޯންސްޓާ ޓްރޭޑިން އާ މިދިޔަ ހަފްތާ ކައުންސިލުވަނީ ބިންވެސް ހަވާލުކޮށްފައެވެ. މިމަސައްކަތް ފެށުމަށް އެކުންފުނިން ކަމާބެހޭ ސާމާނު މިހަފްތާތެރޭގައި އޭދަފުއްޓަށް ޖަމާކުރަން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top