ފަހުދިހަވެސް ފެށުނީއެވެ

Mulims-praying-in-a-mosque.jpg

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހަވެސް މިވަނީ ފެށިފައެވެ. ވީމާ ތިބާ ހިތްވަރާއެކު އަޅުކަމުގައި ދެމިހުންނާށެވެ. އެއްގޮތަކަސް ތިމާ ހިތް އެދުނީމަ ކުރާ ކަމެއް ފަދައިން ތިމާގެ އަޅުކަންތައް ނުހަދާށެވެ. މާތް ﷲ ގެ ރަޙުމަތް ވަނީ ތަނަވަސްވެގެންނެވެ. ތަވުބާވާން އެދޭ އަޅަކަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ކުރައްވާށެވެ. ތިބާ ކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ އިލާހަށް ބިރުވެތިވެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވާށެވެ. އިރާދަ ކުރެއްވިއްޔާ ޚާލިޞް ނިޔަތަކާ އެކު އެކަން ކޮށްފިނަމަ ތިބާ ނާކާމިޔާބުވެގެނެއް ނުދާނެއެވެ.

މި ފަހުދިހައިގާ މާތްވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވާކަން ދަނެ، އެރޭގެ މާތްކަމާއި މަތިވެރިކަން ހޯދައިގަތުމަށް އަވަސްވެގަންނާށެވެ. ސަޖިދައިގާ އޮވެ ފާފަފުއްސެވުމަށް ދަންނަވާށެވެ. އެއީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. ޤަދުރު ސޫރަތުގެ 3ވަނަ އާޔަތުގެ މާނައިގާ ވާފަދައިންނެވެ. އެންމެ ރެޔަކުން އެހާ ގިނަ ހެޔޮ ދަރުމަޔާއި ޘަވާބު ލިބެން އޮއްވާ ތިބާ ފަހަތަށް ޖެހޭނުތޯއެވެ. ކުރިއަށް ވަޑައިގެން އެރޭ ލިބިގަތުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިބާއަށް ނަޞޭޙަތްތެރިވަމެވެ. ޔާﷲ، އަޅަމެންނަށް އިބަ ﷲ ވަޙީކުރައްވާފައި އެވާ މާތްރޭ ( ލައިލަތުލް ޤަދުރި ވިލޭރޭ ) ލިބުމުގެ ހެޔޮތަޢުފީޤު ދެއްވާށިއެވެ. އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top