ވާޓަރުމަތީގައި މަސްކަނޑައި، ޕާކްތަކުގައި ތަކެތިވިއްކާ ފަރާތްތައް ޖޫރިމަނާކުރަނީ!؟

ވާޓަރުމަތީގައި ބަޔަކު މަސްކަނޑަނީ. މިކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅަން ކައުންސިލުންވަނީ ނިންމާފައި / އީވީ ފޮޓޯ: ސައިނޯސާ ރާއީ

ވާޓަރުމަތީގައި ބަޔަކު މަސްކަނޑަނީ. މިކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅަން ކައުންސިލުންވަނީ ނިންމާފައި / އީވީ ފޮޓޯ: ސައިނޯސާ ރާއީ

އޭދަފުށީ ބަނދަރުގެ އެއްގަމު ވާޓަރު މަތީގައި މަސްނުކެނޑުމަށާ، ޕާކްތަކުގައި މަހާ އެހެނިހެންތަކެތި ނުވިއްކުމަށް ކައުންސިލުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

ކައުންސިލަށް މިކަމަށް އިލްތިމާސްކުރީ މިދިޔަ ހަފްތާ ނެރުނު އާންމު އިޢްލާނެއްގައެވެ. ކައުންސިލުންބުނީ މިފަދަ ކަންކަމަކީ މީގެކުރިންވެސް މަނާކޮށްފައިވާ ކަންކަން ކަމަށާ، މިފަދަ ކަންކަމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ދިމާވެ، ސިއްހީ ބައެއް މައްސަލަތައްވެސް ނުކުންނަކަމަށެވެ. އަދި ވާޓަރުމަތީގައި މަސްކެނޑުމުގެ ސަބަބުން އެސަރައްދުން ވަސްދުވާކަމުގެ ޝަކުވާވެސް ކެނޑިނޭޅި ލިބެމުންދާކަމަށެވެ.

ކައުންސިލްގެ އިޢްލާންގައިވަނީ މީގެފަހުން މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އެޅޭނެކަމަށެވެ. ރަށުކައުންސިލްގެ “ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު”ގެ 19 ވަނަމާއްދާގެ ހ ބުނާގޮތުން މަސްމާރުކޭޓްފިޔަވައި ބަނދަރުގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަސްތަކެއް ކަނޑައި ވިއްކުމަކީ މުޅިން މަނާކަމެކެވެ. މިފަދަ ކުށެއް ކޮށްފިނަމަ އެހާލަތަކަށްބަލައި 500ރ އާ 5000ރ އާދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިހްތިޔާރު ރަށުކައުންސިލަށް ލިބިދީފައިވެއެވެ.

މިގާވައިދު ބުނާގޮތުން މަސްކެނޑުމަށްފަހު ފަޅުތެރެއަށް ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީވެސް މަނާކަމެކެވެ. އަދި އޮޑިދޯނިފަހަރު ފަޅުމަތީގައި މަރާމާތުކުރުމާ، ބަނދަރަށް މުދާބޭލުމުގައިވެސް ވަކިއުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

އާންމުގަވާއިދުގެ ގޮތުގައި މިދިޔަ ޑިސެމްބަރމަހު އޭދަފުށީ ކައުންސިލުން ގާނޫނީ ބާރުލިބޭ 19 ގަވާއިދެއް ގެޒެޓްކޮށް އާންމުކޮށްފައިވީނަމަވެސް މިއިން އެއްވެސް ގަވާއިދެއްގެ ދަށުން އެއްވެސްމީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަން އޭނގޭކަށްނެތެވެ. ނަމަވެސް ބައެއް ފަހަރުތަކުގައި ބައެއް މީހުން ގަވާއިދާ ހިލާފްވެގެން ކައުންސިލަށް ހާޒިރުކޮށް ނަސޭހަތްތެރިވަމުންދާކަމަށް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top