ބޮޑުތަފާތަކުން މިލައިދޫ ބަލިކޮށް ސޮނެވާފުށި ސެމީފައިނަލަށް

DSCN8493.jpg

ސޮނެވާފުށީީ އަދި މިލައިދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން. ސޮނެވާފުށި މިމެޗް ކާމިޔާބުކުރިއިރު އެޓީމް ވަނީ ސެމީފައިނަލުން ޖާގަހޯދާފައި / ފޮޓޯ: އޭދަފުށީ ވޮއިސް

އިންޓަރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ސޮނެވާފުށި ރިސޯޓް ހިނގައްޖެއެވެ.

ސޮނެވާފުށީ ސެމީފައިނަލަށް ދިޔައީ، މުބާރާތުގެ ގްރޫޕް އޭގައި މިއަދު ކުޅުނު މެޗް މިލައިދޫއަތުން 6-0ން މޮޅުވެގެންނެވެ. މިމޮޅާއެކު ސޮނެވާ ސެމީއަށްދިޔައީ ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.

މިއަދުގެ މެޗްގައި ސޮނެވާފުށީ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (2 ލަނޑު) އަދި މުހައްމަދު މައުރޫފް (4 ލަނޑު) އެވެ. މިއީ މިއަހަރުގެ މުބާރާތުގައި އެންމެ ތަފާތުބޮޑު ނަތީޖާއެއް ނުކުތް މެޗެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނެވާފުށީ ޓީމަށް 4 ލަނޑު ކާމިޔާބުކޮށްދިން އެޓީމްގެ ޖާޒީނަމްބަރ 11 މުހައްމަދު މައުރޫފެވެ.

މިއަދުގެ މެޗްގައި ފުރަތަމަ ހާފްފެށިގެން ވިއްސަކަށްމިނެޓް މިލައިދޫން ސޮނެވާފުށިގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި މިހާފުގެ ކުރީކޮޅު ސޮނެވާ ޓީމްގެ މެދުތެރެ ފެނުނީ އޮގަނައިޒް ދަށްކޮށެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހުކޮޅު އާދަމް ނިޒާމް އާއި މައުރޫފް ކާމިޔާބުކުރި ލަނޑާއެކު ސޮނެވާ ކުރިޔަށް ޖެހި ގިނަ އެޓޭކްތަކެއް ކުރަންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގައި އިތުރު ހަތަރުލަނޑު ސޮނެވާފުށިން ވަނީ ކާމިޔާބުކޮށްފައެވެ.

ސޮނެވާފުށީީ އަދި މިލައިދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން. ސޮނެވާފުށި މިމެޗް ކާމިޔާބުކުރިއިރު އެޓީމް ވަނީ ސެމީފައިނަލުން ޖާގަހޯދާފައި / ފޮޓޯ: އޭދަފުށީ ވޮއިސް

މިނަތީޖާއާއެކު މިލައިދޫ ވަނީ 1 ޕޮއިންޓާއެކު ގްރޫޕް އޭގެ ފުލަށް ވެއްޓިފައެވެ. 3 ވަނާގައި އޮތް ފޯސީޒަންއަށްވެސް ލިބިފައިވަނީ 1 ޕޮއިންޓެވެ. އެހެންނަމަވެސް ފޯސީޒަން އަށް 3 ވަނަލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. 2 ވަނާގައި އަނަންތަރާ އޮތީ 2 ޕޮއިންޓާއެކުއެވެ. މިގްރޫޕްގެ ސެމީފައިނަލަށް ދާނެ 2ވަނަ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު 2 މެޗަށްފަހުއެވެ.

މިމުބާރާތުގައި މާދަމާވެސް މެޗެއް ކުޅޭނެއެވެ. ގްރޫޕް ބީގެ މިމެޗްގައި ދަ ސްމޯލް އައިލެންޑް (އަމިއްލަފުށި) ވާދަކުރާނީ ޑުސިޓްތާނީ މޯލްޑިވްސްއާއެވެ. މިމެޗް ޑްރޯކޮށްލައިގެންވެސް ޑުސިޓް ސެމީއަށް ދާނެއެވެ. ނަމަވެސް ސެމީގެ ފުރުސަތު ބޮޑުކުރުމަށް އަމިއްލަފުށި މިމެޗް ކާމިޔާބުކުރަންޖެހެއެވެ.

ސޮނެވާފުށީީ އަދި މިލައިދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން. ސޮނެވާފުށި މިމެޗް ކާމިޔާބުކުރިއިރު އެޓީމް ވަނީ ސެމީފައިނަލުން ޖާގަހޯދާފައި / ފޮޓޯ: އޭދަފުށީ ވޮއިސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top