ދެ އަހަރު ވަންދެން ކަމަދޫ ކަރަންޓް ބިލުތަކުން ވައްކަންކުރި މުވައްޒަފަކަށް ދައުވާ ކުރަނީ

DSC_8050-min.jpg

ކަމަދޫ - ފޮޓޯ ؛ ކަމަދޫ މޯލްޑިވްސް.ކޮމް

ގިނަ އަހަރުތަކެއް ވަންދެން ބ. ކަމަދޫ ފެނަކަ ބްރާންޗުން އެރަށު ގޭގެއަށް ފޮނުވި ކަރަންޓު ބިލުތަކުން ވައްކަންކުރި މުވައްޒަފަކަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފޮނުވައިފިއެވެ.

މިމައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ ބ. ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މައްޗަށް ކަމަށް ”ވަގުތު“ ނޫހުގައި ލިޔެފައިވެ އެވެ.

އޭސީސީން ބުނެފައިވަނީ ކަމަދޫ ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް، ފައިސާ ނަގާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއެެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނި ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާ އެފައިސާ ބޭނުން ކޮށްފައިވެއެވެ.

އެ ފައިސާ އަނބުރާ ހޯދުމަށް ނިންމާފައިވާކަމަށާއި އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމަށް އެ ކޯޕަރޭޝަނަށް އެންގުމަށް ނިިންމާފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top