ދުވާލަކަށް -/500 ރުފިޔާގެ އެލަވަންސަކާއެކު ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދަނީ

DSCN5452.jpg

މި އަހަރު ބޭއްވުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް 2005 މީހުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއުލާންކޮށްފިއެވެ.

މިކަމާގުޅިގެން އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ބޯހިމެނުގެ މަސައްކަތައް 2005 މީހުން ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްބީއެސްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ބޯހިމެނުން 2022 އަށް މުޅި ރާއްޖެއިން 4،400 އެނިއުމަރޭޓަރުން ބޭނުންވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 2،005 ހުށަހެޅުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ވަކީން ހާއްސަކޮށް މާލެސަރަހައްދުން އެކަމަށް ލިބިފައިވާ ތަރުހީބު ކުޑަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެންބީއެސްގެ އޮފިޝަލު ވިދާޅުވީ މާލެ ސަރަހަށްދަށް އެކަނިވެސް އިތުރު 1،826 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށާއި އަތޮޅުތަކުން އިތުރަށް 563 އެނިއުމަރޭޓަރުން ބޭނުންވާ ކަަމަށެވެ. އަދި އެނިއުމަރޭޓަރުންނަށް މަސައްކަތާ ގުޅޭ ތަމްރީނާއި ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މިފަހަރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވަނީ ޓެބްލެޓް މެދުވެރިކޮށެވެ. އެމްބީއެސް އިން ބުނީ އެނިއުމަރޭޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެ މަގާމަށް އެދޭ ފަރާތްތަކުން  https://statisticsmaldives.gov.mv/applicationform/census2022/ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބޯހިމަނަމުން އައިސް، 1931 ވަނަ އަހަރު މެދުކެނޑުމެއް އައިސްފައިވެއެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top