ރެޑްވޭވް ރޯދަ ޕްރޮމޯޝަން ނަސީބުވެރިން ހޮވައިފި. އެއްލައްކަ ރުފިޔާގެ އިނާމު އިސްމާއިލް މުހައްމަދަށް

alt02495.jpg

ރެޑްވޭވް ރޯދަ ޕްެރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ އާއިލީ މަސްލަހަތު އޮންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕާމާކެޓް ޗެއިން ކަމަށްވާ ރެޑްވޭވް ފިހާރަތަކުން ކުރިއަށް ގެންދިޔަ “ރެޑްވޭވް ރޯދަސޭލް 2022” ގެ މިއަހަރުގެ ނަސީބުވެރިން ހޮވައިފިއެވެ.

މިރަސްމިއްޔާތު ބޭއްވީ މިއަދު ރެޑްވޭވް މެގަމޯލްގައެވެ. 

ބޮޑެތި އިނާމު ތަކަކާއެކު ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ 100،000ރ. ގެ ނަސީބުވެރިއަކީ  އިސްމާއިލް މުހައްމަދު އެވެ. 

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވެ 1ފިހާރައިގައި މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށެވެ.

އެގޮތުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުން ކުރި 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރިއެވެ. 

އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން ފަސް އިނާމް ހައްގުވާ ފަސް ކަސްޓަމަރެއް ވަނީ ހޮވާފައެވެ. އެއީ އިހްސާނާ އަހްމަދު (ޝާޕް އައިސް އަލަމާރި)، މުހައްމަދު އީމާން (ނުވަ ހާސް ބީޓީޔޫ އޭސީ)، މުސްތަފާ ރަޝީދު (މޮޑާން ސޯފާ)، އައިމިނަތު ރީމް (ހައިސެންސް އިލެކްޓްރިކް ހޮބް)، މުހައްމަދު ރިފާއު (މަލްޓިފަންކްޝަން ސްޕިން ބައިކް) އެވެ.

އޭގެ އިތުރުންވެސް 10،000ރ. ފައިސާގެ އިނާމް ހައްގުވާ 10 ފަރާތާއި ޕްރޮމޯޝަންގެ އެންމެ އަގުބޮޑު އިނާމު، 100،000ރ. ފައިސާގެ އިނާމް ލިބޭ ނަސީބުވެރިވެސް ވަނީ ހޮވާފައެވެ. އެއްލައްކަ ރުފިޔާގެ ނަސީބުވެރިއަކީ އިސްމާއިލް މުހައްމަދު އެވެ.

10،000ރގެ އިނާމް ލިބުނު 10 ފަރާތަކީ، މުހައްމަދު އަބްދުﷲ، އަލީ އަޒާން، އައިޝަތު ޔޫސުފް، ނަތާޝާ އަބްދުލް ރަހްމާން، ނާއިލް، އައިޝަތު ޔޫލީ ފަހުދު، އިހުސާން ނައީމް، އައިޝަތު ފަޒްނާ، މަރީމް، ސޯބިރާ އިސްމާއީލެވެ.

އެ އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއާކޮށް – ޓޮޕްފޭން ބެޖް ހޯދިފަރާތްތަކުން ތިން ނަސީބުވެރިންވެސް ވަނީ ހޮވާފައެވެ. އެގޮތުން އެއް ވަނައަށް ދިޔަ ފަރާތަކަށް 50 އިންޗި ހައިސެންސް ޓީވީ ލިބިފައިވަނީ މަރީ މަ ލާ” އަށެވެ. ޓޮޕްފޭން ބެޖްގެ ދެވަނަ ހޯދީ އިޒްމައިލް އަހްމަދު އެވެ. އޭނާއަށް ލިބިފައިވަނީ ގްލެން އެއަރ ޕިއުރިފަޔަރ އެކެކެވެ.  ޓޮޕްފޭން ބެޖްގެ ތިން ވަނަ ހޯދި މަރިޔަމް އިނާޝާއަށް ދީފައި ވަނީ ގްލެން އެއަރ ޕިއުރިފަޔަރ 2 އެވެ.

ރެދްވޭވުން ބުނީ ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވްގެ މީސް މީޑިއާ އެކައުންޓުތަކުން މިއަދު ލިބޭނެ ކަމަށެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top