އަންނަ އަހަރު ރަސްމީ ބަންދަށް އިތުރު ތިން ދުވަސް

big_Jd7QuESBjGAAhVxtcwqgWamNR.jpg

ރައީސް އޮފީސް

އަންނަ 2023 ވަނަ އަހަރު، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރެއަށް ތިން ދުވަސް އިތުރުކޮށްފި އެވެ.

ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަހުގެ ތެރެއަށް އިތުރުކުރީ ޖޫން 25 އާއި އެ މަހުގެ 26 ގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަދުވަސް ކަމަށެވެ.

ޖޫން މަހުގެ 25 އަދި 26 ވަނަ ދުވަސް ބަންދުކޮށްފައި ވަނީ އެ މަހުގެ 27 ވަނަ ދުވަހަކީ ހައްޖު ދުވަސް ކަމަށްވެފައި 28 ވަނަ ދުވަހަކީ ބޮޑު އީދު ދުވަސް ކަމުން އޭގެ ކުރީގެ ދެ ދުވަހަކީ އެ ހަފްތާގެ ސަރުކާރު ބަންދު ނޫން ހަމައެކަނި ދެ ދުވަސް ކަމަށް ވާތީއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު 28 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރަސޫލާގެ އީދުމީލާދު ދުވަސް ކަމަށް ވާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top