ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށްފި !

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

ހުދުސަމާލުނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް މިއަދު މެންދުރު 12:10އިން ފެށިގެން އިރުއޮއްސި 6  ޖަހަންދެނެވެ. ގުގުރުމާއެކު ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މިއަހަރުގެ ޑިސެމްބަރުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް މެޓް އޮފީހުން ކުރިން ލަފާކުރި އެވެ. ނަމަވެސް މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވާރޭ ވެހުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top