ނުބައިކަމުން ދުރުހެލިވުމަކީ އާޚިރަތުގެ ބާއްޖަވެރިކަންލިބޭނެ ކަމެއް: ޚުތުބާ

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ނުބައިކަމުން ދުރުހެލިވެ ރައްކާތެރިވުމުގެ މައްޗަށް ބާރު އެޅުމަކީ އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”އިސްލާމް ދީނަކީ އެކުވެރިންގެ ދީން” މި މައުޟޫއަށް ބިނާ ކޮށް މިއަދުގެ ޚުތުބާގައި ބުނެފައިވަނީ މުސްލިމުންގެ މޮޓޯއަކަށް ވާންޖެހޭނީ ހެޔޮކަން ކުރުމާއި، ނުބައިކަންކަމުން ދުރުހެލިވުން ކަމަށެވެ. އެ މަގުސަދު ނެތިވެ އެކުވެރިކަމަކީ ހަމައެކަނި ދުނިޔެވީ ބޭނުންތަކެއް ނުވަތަ ނަފްސުގެ އެދުންތަކެއް ހާސިލުކުރުމަށް ބާރުއަޅާ ގުޅުމަކަށް ވެއްޖެނަމަ އެ ގުޅުން އާޚިރަތުގައި ދެމިނޯންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހެޔޮ ފޯރުވުމަކީވެސް އިސްލާމްދީނުގައި ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަކުގެ ބޭނުންތައް ދަނެ ތިމާގެ އަމިއްލަ ހަޔާތް ބާއްޖަވެރި ކުރަން އެދޭ ފަދައިން ތިމާގެ އަހާގެ ހަޔާތަށް ބާއްޖަވެރިކަން ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ހުތުބާގައި ބުނީ, މުއުމިނަކަށް ދަތިހާލެއް ޖެހިފައި ވަނިކޮށް, އެކަމަކުން އެމީހަކު ދުރުކޮށް ސަލާމަތް ކުރުމަށް މަސައްކަތްކޮށްދީ, އެހީތެރިވެއްޖެ މީހާއަށް ގިޔާމަތް ދުވަހުގެ ދަތި އުދަނގޫ ކަންތައްތަކުގެ ތެރެއިން ކަމެއް މާތް الله އެމީހެއްގެ ކިބައިން ދުރުކޮށް ދެއްވާނެ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ.

މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ, އެކަމުގެ ސަބަބުން މުޖުތަމައު ބައިބައިވެ, އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ނަފުރަތުވެ އެކުވެރިކަމުގެ ގުޅުން ކެނޑޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top